ތުއްތުކުދިން ނަމާދަށް ގެންދިޔުން

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިފައިވާ ބައެކެވެ. މީގެ އެތައް ގަރުނެއްކުރިން ފެށިގެން މިދީނުގެ ހިހާވަހިކަމުގެ ދަށުގައި ދިރިއުޅެމުންއަންނަ ބައެކެވެ. ހުކުރުދުވަހު އަހަރެމެން ދިވެހިންގެ ޑެއިލީ ޝެޑިއުލްއަށް ގެންނަ ބަދަލުތަކާއި، ގޭގޭގެ ކެޔުމަށް ގެންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ދިރުއުޅުމާއި އިސްލާމްދީނާއި ގުޅިލާމެހިފައިވާ މިންވަރު އަންގައިދޭ އަލިގަދަހެއްކެކެވެ. ތުއްތުކުދިން ގޮވައިގެން ހުކުރުނަމާދަށް ދިޔުމަކީވެސް ދިވެހީންގެ ތެރެއިން ގިނަބަޔަކު ބޮޑު ‘އަހައްމިއްޔަތުކަމެއް ދީގެން’ މިދުވަހު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މިކަމުގައިވެސް ވިސްނާލަންޖެހޭ ބައެއްކަންކަން ހުންނަކަން ނުވަތަ ހުންނާނެކަން ޤަބޫލުކުރަންޖެހެއެވެ. … [Read more…]

ދިވެހިންގެ ދިގު ކޮފީ

ސަޔަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައި، އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ޒަމާނުގެ ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން ގޭގެ ބޮޑުއަށިތަކާއި ކާމޭޒުތަކުން ނިކުމެ ސައިބޯ ހޮޓާތަކާއި ކެފޭތަކުން އެއްޗެއް ކަޅެއް ބޮމުންއައިސް، މިހާރު މިވަނީ ކޮފީއަށް ދިޔުމަށް ބަދަލުވެފައެވެ. ކުރިން ސައެއްބޯލުމަށް ވަންނަނީ ބަނޑުހައި ފިލުވާލުމަށްކަމުގައި ވީނަމަވެސް، މިހާރު އާންމުކޮށް މީހުން މިކިޔާ ކޮފީތަކަށް ގޮސްއުޅެނީ، ރައްޓެހިންނާއި ބައްދަލުކޮށްލާށެވެ. ނުވަތަ ތިމާގެ އަމިއްލަ ވާހަކައެއް އެހެންމީހަކާއި އެކު، ނޫނީ ބަޔަކާއި އެކު ހިއްސާކޮށްލުމުގެ … [Read more…]

ވިޔަފާރިތައް ހުޅުވާފައިބަހައްޓާ ގަޑިތަކަށް ގެންނަން ފެންނަ ބައެއްބަދަލު

ވިޔަފާރިކުރާ ތަންތަން އަވަހަށް ބަންދުކުރުމަކީ މުޖްތަމަޢުއަށް ފައިދާތަކެއް ކުރަނިވި، އަޅުގަނޑަށް ޤަބޫލުކުރެވޭކަމެކެވެ. ނަމަވެސް ވިޔަފާރިތައް ބަންދުކުރުމުގައި އެކިވައްތަރުވައްތަރުގެ ވިޔަފާރިތަކާއި، އެކި ގިންތިތަކުގެ ވިޔަފާރިތައް ހުޅުވާފައިބެހެއްޓޭ ގަޑިތަކަށް ތަފާތުކުރުމަކީ މިކަންކުރުމަށް އެންމެއެކަށޭނެގޮތެވެ. އާންމު ވިޔަފާރިކުރާގަޑިތަކުގެ އިތުރަށް ބައެއްކަހަލަ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ އާންމުންނަށް މިކަމުގެ އުނދަގޫނުވެ މިކަންކުރުމަށް ކޮށޭ މަގެއްކަމުގައި ވެގެންދާނެއެވެ. ރޭގަނޑު 9 ޖަހާއިރު އާންމު ވިޔަފާރިތައް ބަންދުކުރުން ރޭގަނޑު 9 ޖަހާއިރަކީ އާންމުވިޔަފާރިތައް ބަންދުކުރުމަށް އަވަސްގަޑިއެއް ނޫނެވެ. އިޝާ ނަމާދުކޮށްގެން، ފަތިހު ފަތިސްނަމާދަށް ހޭލަން ބޭނުންވާމީހާއަށްވެސް … [Read more…]

ވިޔަފާރިތައް އަވަހަށް ބަންދުކުރުމަކީ މުޖްތަމަޢުއަށް އޭގެފައިދާ ކުރާނެކަމެއް

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައިފަހުން މިހާރު ދުވަސްތަކެއް ފާއިތުވެ ގޮސްފިއެވެ. ބައެއް ވިޔަފާރިތައް މިކަމަށް މަރުޙަބާ ކީއިރު، އަނެއްބައި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެފަރާތްތަކުން ދެކެއެވެ. ޙާއްސަކޮށް ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ފަރާތްތަކުން މިޝަކުވާކުރާލެއް ބޮޑެވެ. ބައެއް ވިޔަފާރިތަކަށް ގެއްލުން ވީކަމުގައި ނަމަވެސް، މުޖްތަމަޢުގެ ހަމަޖެހުމަށް މިކަމުގެ ސަބަބުން ކުރާނެ ފައިދާއަކީ ހަމަގައިމުވެސް ފައިސާއިން އަގުނުކުރެވޭނެ ފައިދާތަކެއްކަމުގައި ދަންނަވަން ޖެހެއެވެ. ޤައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި … [Read more…]

އަސާސީ ބޭނުންތައް ހަމަހަމަކަމާއިއެކު އެންމެންނަށް ލިބެންޖެހޭ

މަސައްކަތްކޮށް ފައިސާ ހޯދުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދޭމީހަކު ކުރާނެ ކަމެކެވެ. ބައެއް މީހުން ހައްޓަށް ބުރަ މަސައްކަތްތައް ކުރާއިރު، އަނެއްބައި މީހުންނަކީ ސިކުޑި ‘ގާނައިގެން’ ފައިސާ ހޯދުމަށް މަސައްކަތް ކުރާމީހުންނެވެ. އަނެއް ބަޔަކީ، އާއިލީ މުއްސަނދިކަމުން ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްގެ ސަބަބުން މަސައްކަތެއް ނުކުރިޔަސް ދިރިއުޅެވޭނެ ވަރަށް އާމްދަނީ ލިބޭ މީހުންނެވެ. ކޮންމެ ވަޒީފާއެއްގައި އުޅުނުނަމަވެސް، ދިރިއުޅުމުގެ އަސާސީ ކަންކަން ބަދަލެއް ނުވެއެވެ. ކެއުން ބުއިމާއި ސިއްޙީ ފަރުވާއާއި ތަޢުލީމާއި ބޯހިޔާވަހިކަމަކީ ކޮންމެ މީހަކަށްވެސް … [Read more…]

Globalisation: A process that Changes the Globe, a Continuing Process

Development is what we strive for in our lives on a personal, town, city and country level as well (Meurs and Ranasinghe, 2003). In this modern world that came into existence after the industrial revolution, societies and also countries tend to rely on the relations between each other (Waters, 2001). These economic, political and cultural … [Read more…]

ޖިނާއީ ކުށްތަކަށް އަދަބުކަނޑައެޅުމުގައި ކަންކުރަންވީ އުޞޫލުތައް

ކުށް ކުރުން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް މިރާއްޖޭގައި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ގިނައިން ކުރާއެއްކަމަކީ އެކުށްކުރި މީހާއަށް އަދަބު ދިނުމެވެ. ނުވަތަ އަދަބު ދެވޭތޯ ބެލުމެވެ. އެކި ނަންނަމުގައި ޖޫރިމަނާކުރުމާއި، ހައްޔަރު ކުރުމާއި، ޖަލައްލުމާއި، އަރުވާލުމާއި، ގޭގައި ބަންދުކުރުން ފަދަ ކަންކަމަކީ އެންމެ ގިނައިންކުށްވެރިންނަށް ދެވޭ އަދަބުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. ސުވާލަކީ ކުށްކުރާމީހުންނަށް މިއަދަބުތައް ދިނުމުން، އެ އަދަބެއް ދޭ މަޤްސަދު ހާޞިލް ވޭބާވައެވެ؟ ބައެއްފަހަރު ވެއެވެ. ގިނަފަހަރު ނުވެއެވެ. ރާއްޖޭގައި ކުށުގެ ރިކޯރޑް … [Read more…]

މުޙިއްމީ ވެހިކަލްތަކުގެ އުމުރުތަ؟ ނޫނީ އެގްޒޯސްޓް އެމިޝަން ސްޓޭޑަރޑްއެއްތަ؟

އަނެއްކާވެސް އާކަމެކެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު އުމުރެއް ކަނޑައެޅުމުގެ ވާހަކައެވެ. މިއީ ތަހުޒީބީ މުޖުތަމަޢުތަކުގައި މިކަން ކުރަމުން އަންނަ ގޮތްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ތަހުޒީބީ ޤައުމުތަކުގައި މިކަން މިގޮތަށް ކޮށްއުޅުނުކަމުގައި ވީނަމަވެސް، އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި މިކަން މިގޮތަށް ކުރާކަށް އަދި އަޅުގަނޑަކަށް ނުފެނެއެވެ. އާންމު މީހަކަށް ބަލާލަމާ ހިނގާށެވެ. ރާއްޖެއިން ބޭރުން ގެންނަ ސައިކަލުން ޑިއުޓީއަށް 100% ގެ ޓެކުހެއްދައްކާފައި ދިވެހިރާއްޖޭގެ ފިހާރަތަކުގައި ވިއްކަން ބަހައްޓާ ސައިކަލު 2 އަހަރުދުވަހުން … [Read more…]

ސިޔާސީ ވާހަކަ

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން، ކާމޭޒުމަތީގައި ނުވަތަ އާއިލީ ބައްދަލުވުންތަކުގައި ދައްކަން ހެޔޮނުވާވަރުގެ ވާހަކަތަކުގެ ލިސްޓްގެ އެންމެކުރީގައި އެމީހެއްގެ ސިޔާސީ ފިކުރުގެ ވާހަކަދެއްކުން ހިމަނާފައިވަނީ، ސިޔާސީ އެކި އެކި ފިކުރުތަކުގެ މީހުން ނޫޅޭތީޔަކީ އެއްނޫނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ލިބޭނެ އެއްވެސް ހެޔޮ ނަތީޖާއެއް ނޯންނާނެތީއެވެ. ދޭދޭ ފަރުދުންގެ ގުޅުމަށާއި، އާޢިލީ ގުޅުމަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި، ސިޔާސީ ގޮތުން ކުރަންޖެހޭ ކަންކަންކުރުމަކީ ސިޔާސީ ބޭފުޅުންގެ ޒިންމާއެކެވެ. ކަންކަމުގައި މަޝްވަރާކޮށް، ރައްޔިތުންނަށް އެންމެ މަންފާހުރި … [Read more…]

!ގަންނަ ފްލެޓްތަކުން ނަގާ ޓެކުހަށް ހިޔާލެއް

ޓެކްސް ނެގުމަކީ އަޅުގަނޑުމެން ރާއްޖޭގައި އެކި ދުވަސްވަރު، އެކި ނަންނަމުގައި ކުރަމުން އަންނަ ކަމެކެވެ. ދިވެހިރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީއާއި، އެއްގަމު އުޅަނދުތަކުން ނަގާ އަހަރީ ފީއާއި، ވިއްކާ ރެވެނިއު ސްޓޭމްޕް ތަކާއި، ވިޔަފާރި އެކި އެކި ހުއްދަތަކަށް ނަގާ އަހަރީ ފީތަކާއި މިނޫންވެސް އެކި އެކި ނަންނަމުގައި ޓެކްސްގެ ގޮތުގައި ޒަމާނުއްސުރެ ފައިސާ ނަގަމުން އަންނަ ޤައުމެކެވެ. ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި އެކި ޒާތްޒާތުގެ ޓެކްސް ނެގުން މެކުހަށްޖަހައި، ރައްޔިތުމީހާއަތުން ދައުލަތަށްނަގާ ފައިސާ … [Read more…]